ބްލޮގްގެ ތަޢާރަފް

މި ބްލޮގަކީ މުދައްރިސުންނަށް ޚާއްޞަކޮށްގެން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއާ ބެހޭ ގޮތުން ތަފާތު މައުލޫމާތު ގެނެސް ދިނުމަށްޓަކައި އަޅުގަނޑުމެން ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގައި ކިޔަވަމުން އަންނަ ދަރިވަރުން ކޮޅެއް ހަދާފައިވާ ބްލޮގެކެވެ. މި ބްލޮގްގެ ފެށުމަކީ "އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ" މި މާއްދާގެ ދަށުން ހަދަން ދެވުނު އެސައިންމެންޓެކެވެ. ނަމަވެސް މި ބްލޮގްގެ ޒަރީޢާއިން ކުރިއަށް އޮތް ތާނގައިވެސް އަލުގަނޑުމެން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއާ ބެހޭ މަޢުލޫމާތުތަކާއި މިނޫންވެސް މުދައްރިސުންނަށާއި ކިޔަވާ ކުދިންނަށް ބޭނުންވާ ތަފާތު މަޢުލޫމާތުތައް ހުށާއަޅައި ދެމުން ގެންދާނަމެވެ.

18.11.15

ޒަމާނީ ސްކޫލު .. ކްލާސްރޫމު ޓެކްނޮލެޖީތައް.


ހާރޫން ޔޫސުފް
ކޮންމެ ކަމެއްވެސް ކާމިޔާބު ކަމާއިއެކު ކުރުމަށްޓަކައި ޝައުޤުވެރިކަމަކީ ވަރަށް މުހިންމުކަމެކެވެ. ކަމެއް ކުރުވުމަށްޓަކައި ޝައުޤުވެރި ކުރުވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުން ތަޢުލީމާމެދު ޝައުޤުވެރި ކުރުވުމަށްޓަކައި ސުކޫލު މަދަރުސާތަކުގައި ވަރަށް ގިނަ ޕޮރުގުރާމުތައް ހިންގަމުން ގެންދެއެވެ. އަދި ކުލާސް ރޫމުތައް ޒަމާނީ ޓެކްނެލޮޖީ އާއި  މަލްޓިމީޑިޔާ ބޭނުން ކުރެވޭ ގޮތައް ކުލާސްރޫމުތައް ތައްޔާރު ކުރެވެއެވެ
.
 ޒަމާން ތަރައްޤީވެ ދުނިޔޭގެ ހުރިހާ ކަމަކަށްވެސް ބަދަލު އަންނަމުންދާ ޒަމާނެއްގައި ކިޔެވުމާއި ކިޔަވައި ދިނުމަށްވެސް ބަދަލުތަކެއް އައުމަކީ ނުވެނުދާނެ ކަމެކެވެ. އެހެންކަމުން މިއަދު މިވަނީ ކިޔަވައި ދިނުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ބަދަލުގެ ތެރޭގައި ކިޔަވައި ދިނުމުގައި މަލްޓި މީޑިޔާ ބޭނުންކުރަންފެށުންވެސް ހިމެނެއެވެ. ދެ ބަހެއްނެތި އެންމެންވެސް ޤަބޫލުކުރާނެ ފަދައިން ކިޔަވައި ދިނުމުގައި މަލްޓި މީޑިޔާ ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އޭގެތެރޭގައި ކްލާސްރޫމްތަކުގައި ބޭނުންކުރާ ސްމާޓްބޯޑާއި އައިބޯޑް ކޮމްޕިޔުޓަރ އާއި ލެޕްޓޮޕްފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ފޯނާއި ޓެބްލެޓާއި އައިޕެޑްފަދަ ތަކެއްޗަކީވެސް ކުރިއަރާފައިވާ ޤައުމުތަކުގައި ކިޔަވައި ދިނުމުގައި ބޭނުންކުރަމުންދާ ތަކެއްޗެވެ. މިއިން ކޮންމެވަސީލަތެއް ބޭނުން ކޮށްގެންވެސް ފޮޓޯ، ވީޑިއޯ، ޗާޓް، ފަދަތަކެތި ފަސޭހަކަމާއިއެކު ދަރިވަރުންނަށް ބަލާލުމުގެ ފުރުސަތު ލިބިގެން ދެއެވެ.

17.11.15

އީ-ލާނިންގ / އޮންލައިންކޮށް ހިލޭ ނުވަތަ ކުޑަ އަގެއްގައި އުގެނުމުގެ ފުރުޞަތުތަކާއި އެފަދަ ބައެއް ސައިޓްތައް



ލިޔުނީ: ޝާމް އިބްރާހީމް / ފެހިގެ އދ. ދަނގެތި




މިޒަމާނަކީ ތަޢުލީމުގެ ޒަމާނެވެ. ވަކިޢުމުރެއް ވަކި ފަންތިއެއް ވަކި ގިންތިއެއްނެތި ތަޢުލީމު ހޯދުމަށް ޓަކައި މަސައްކަތް ކުރަމުންދާ ޒަމާނެކެވެ. މިފަދަ ޒަމާނެއްގައި ފަސޭހަކަމާއެކު އަގުހެޔޮކޮށް ތަޢުލީމު ޙާޞިލްކުރެވޭނެ ގޮތްތައް އެގިފައި އޮތުމަކީ ވަރަށް ބޭނުންތެރި މުހިންމު ކަމެއްކަން ކަށަވަރެވެ.

އީ-ލާނިންގ އަކީ މިކަމަށް ކޮށާލެވިފައިވާ ފުޅާ ތަނަވަސް މަގެކެވެ. އެ މަގުން ކުރިއަށް ގޮސް އެމީހަކު ބޭނުން ދާއިރާއަކުން ތަޢުލީމު ޙާޞިލް ކުރުމުގެ ފުޞަތު ފަހިވެފައިވެއެވެ. އޮންލައިންކޮށް ހެދޭ ތަފާތު ވައްތަރުގެ ކޯސްތައްވެއެވެ. ވަރަށް ބޮޑު ފީއެއް ދައްކަގައިގެން ހެދޭކޯސްތަކާއި ކުޑައަގެއް ދައްކައިގެން ހެދޭ ކޯސްތަކާއި އަދި ހިލޭ ހެދޭ ކޯސްތައްވެސް ހިމެނެއެވެ. އެގޮތުން އަޅުގަޑު މިމަޒުމޫނުގައި ބަލާލާނީ ހިލޭ ނުވަތަ ވަރަށް ކުޑަ އަގެއް ދައްކައިގެން ހެދޭ ބައެއް ކޯސްތަކާއި އެކޯސްތައް ހިންގާ ވެބުސައިޓުތަކަށެވެ.

10.11.15

އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚް



   ލިޔުނީ: ޢާއިޝަތު ނާޖީ

އެޑިއުކޭޝަން، ނުވަތަ އިންސާނުން އުނގެނޭ އުނގެނުމާއި  ކަންކަން ކިޔަވައި ހޯދުމަކީ އިންސާނުންނާއި  ޖަނަވާރުންނާ ތަފާތުކޮށްދޭ  އެންމެ މައިގަނޑު އެއް ސިފައެވެ.މިގޮތުން އިންސާނިއްޔަތު ފެށުނީއްސުރެވެސް މީހުން ދަނީ ހޯދިފައިވާ މައުލޫމާތުތަކާއި އުނގެނިފައިވާ އުނގެނުން ފަހުގެ ޖީލުތަކަށް އުނގަންނައިދީ ފޯރުކޮށްދެމުންނެވެ.ޒަމާނުއްސުރެ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އަންނަނީ މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިގޮތުން އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީގެ ދައުރަކީ ކޮބައިކަމާއި ޓެކްނޮލޮޖީގެ ނުފޫޒު އޮތީ ކިހައި ވަރަކަށް ކަން  ރަނގަޅަށް ދެނެގަނެވޭނީ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚަށްވެސް ގޮސްގެންނެވެ.އެހެންކަމުން މި ލިޔުމުގައި އަޅުގަނޑު ކުރުގޮތަކަށް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚަށް ބަލައިލާނަމެވެ.