ބްލޮގްގެ ތަޢާރަފް

މި ބްލޮގަކީ މުދައްރިސުންނަށް ޚާއްޞަކޮށްގެން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއާ ބެހޭ ގޮތުން ތަފާތު މައުލޫމާތު ގެނެސް ދިނުމަށްޓަކައި އަޅުގަނޑުމެން ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގައި ކިޔަވަމުން އަންނަ ދަރިވަރުން ކޮޅެއް ހަދާފައިވާ ބްލޮގެކެވެ. މި ބްލޮގްގެ ފެށުމަކީ "އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ" މި މާއްދާގެ ދަށުން ހަދަން ދެވުނު އެސައިންމެންޓެކެވެ. ނަމަވެސް މި ބްލޮގްގެ ޒަރީޢާއިން ކުރިއަށް އޮތް ތާނގައިވެސް އަލުގަނޑުމެން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއާ ބެހޭ މަޢުލޫމާތުތަކާއި މިނޫންވެސް މުދައްރިސުންނަށާއި ކިޔަވާ ކުދިންނަށް ބޭނުންވާ ތަފާތު މަޢުލޫމާތުތައް ހުށާއަޅައި ދެމުން ގެންދާނަމެވެ.

18.11.15

ޒަމާނީ ސްކޫލު .. ކްލާސްރޫމު ޓެކްނޮލެޖީތައް.


ހާރޫން ޔޫސުފް
ކޮންމެ ކަމެއްވެސް ކާމިޔާބު ކަމާއިއެކު ކުރުމަށްޓަކައި ޝައުޤުވެރިކަމަކީ ވަރަށް މުހިންމުކަމެކެވެ. ކަމެއް ކުރުވުމަށްޓަކައި ޝައުޤުވެރި ކުރުވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ދަރިވަރުން ތަޢުލީމާމެދު ޝައުޤުވެރި ކުރުވުމަށްޓަކައި ސުކޫލު މަދަރުސާތަކުގައި ވަރަށް ގިނަ ޕޮރުގުރާމުތައް ހިންގަމުން ގެންދެއެވެ. އަދި ކުލާސް ރޫމުތައް ޒަމާނީ ޓެކްނެލޮޖީ އާއި  މަލްޓިމީޑިޔާ ބޭނުން ކުރެވޭ ގޮތައް ކުލާސްރޫމުތައް ތައްޔާރު ކުރެވެއެވެ
.
 ޒަމާން ތަރައްޤީވެ ދުނިޔޭގެ ހުރިހާ ކަމަކަށްވެސް ބަދަލު އަންނަމުންދާ ޒަމާނެއްގައި ކިޔެވުމާއި ކިޔަވައި ދިނުމަށްވެސް ބަދަލުތަކެއް އައުމަކީ ނުވެނުދާނެ ކަމެކެވެ. އެހެންކަމުން މިއަދު މިވަނީ ކިޔަވައި ދިނުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ބަދަލުގެ ތެރޭގައި ކިޔަވައި ދިނުމުގައި މަލްޓި މީޑިޔާ ބޭނުންކުރަންފެށުންވެސް ހިމެނެއެވެ. ދެ ބަހެއްނެތި އެންމެންވެސް ޤަބޫލުކުރާނެ ފަދައިން ކިޔަވައި ދިނުމުގައި މަލްޓި މީޑިޔާ ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އޭގެތެރޭގައި ކްލާސްރޫމްތަކުގައި ބޭނުންކުރާ ސްމާޓްބޯޑާއި އައިބޯޑް ކޮމްޕިޔުޓަރ އާއި ލެޕްޓޮޕްފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ފޯނާއި ޓެބްލެޓާއި އައިޕެޑްފަދަ ތަކެއްޗަކީވެސް ކުރިއަރާފައިވާ ޤައުމުތަކުގައި ކިޔަވައި ދިނުމުގައި ބޭނުންކުރަމުންދާ ތަކެއްޗެވެ. މިއިން ކޮންމެވަސީލަތެއް ބޭނުން ކޮށްގެންވެސް ފޮޓޯ، ވީޑިއޯ، ޗާޓް، ފަދަތަކެތި ފަސޭހަކަމާއިއެކު ދަރިވަރުންނަށް ބަލާލުމުގެ ފުރުސަތު ލިބިގެން ދެއެވެ.


އަދިޚާއްޞަކޮށް އިންޓަރނެޓް މިއީ މިޒަމާނުގެ ވަރަށްގިނަ ޤައުމުތަކުގައި ކިޔެވުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ވަޞީލަތް ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ކިޔަވައިދިނުމުގައި މަލްޓި މީޑިޔާގެ ބޭނުން ވަރަށްބޮޑަށް ކުރެވެމުންދާއިރު ކުރިއަރަމުން އަންނަ ޤައުމުތަކުގައިވެސް މިކަން ތަޢާރަފުވެ ކުރިއަރަމުން އަންނަކަން ފާހަގަ ކުރެވެއެވެ
.

ކިޔަވައިދިނުމުގައި މަލްޓިމީޑިޔާ ބޭނުންކުރުމުން ހުރި  ފަސޭހަތަކާއި ފައިދާތައް.

އެދުރުގެ ތަކުގައި ފިލާގައި ލިޔެގެން އަލިފުބާ ދަސްކުރިޒަމާން ދިއުމަށްފަހު ބޯޑުގައި ޗޯކުން ލިޔަން ފެށި ، ޗޯކުބޯޑްތައް ވައިޓް ބޯޑަށް ބަދަލުވި ހިސާބުން އަދި ނިމުމަކަށް އައީއެއް ނޫނެވެ. ކިޔަވައިދިނުމުގެ ދާއިރާއަށް މަލްޓި މީޑިއާ ތައާރަފްވުން ހިމެނިގެން ދިޔައީ މިދާއިރާއަށް އައި ބޮޑު އިންގިލާބެއް ކަމުގައެވެ. އަލީ އިބްރާހީމް (2008) ހާމަކުރައްވާ ގޮތުގައި ރަނގަޅު ތައުލީމީ ސޮފްޓް ވެއަރ އަކުން ކުޑަކުދިންގެ އެކިއެކި ހުނަރުތައް ތަރައްޤީ ކުރުމަށް ބާރުއަޅައެވެ. ފަށާ ޢުމުރުގެ ދަރިވަރުންނަށް އެކުދިން ޝައުޤުވެރިވާ ގޮތަށް ކިޔެވުމަށް އެހީތެރިވެދޭ ގޮތްތަކުގެ ތެރޭގައި އަކުރު ، ނަމްބަރު ، ބައްޓަން، ކުލަ، އަދި ކުދިކުދި ލަވަ ފަސޭހަކަމާއިއެކު މަލްޓި މީޑިޔަ ބޭނުންކޮށްގެން ދަސްކޮށް ދެވެއެވެ. މިގޮތަށް ކަންތައް ކުރުމުން ދަރިވަރުންގެ ފަސްޙިއްސުގެ ބޭނުންކުރެވެއެވެ . އަދި އެކުދިންގެ ހިތްހަމަޖެހި ފުރިހަމަ ސަމާލުކަން ހޯދެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް އެކިރޮނގު ރޮނގުން ވިސްނަން ފުރުސަތު ލިބިގެން ދެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ އުފެއްދުންތެރި ކަމަށް މަގުފަހި ކޮށްދެއެވެ.

މަލްޓިމީޑިޔާ
ފިލާވަޅުތައް ރޭވުމުގައި މަލްޓި މީޑިޔާގެ ތަފާތު ވަސީލަތްތައް ބޭނުން ކުރުމުން ދަރިވަރުން ކިޔެވުމަށް ޝައުޤުވެރިވާލެއް އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. އަމިއްލައަށް ކަންކަން ތަޖުރިބާކޮށް ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެން ދެއެވެ.



ފެށުން.

ކުރީ ޒަމާނުގައި ތަޢްލީމު ފޯރުކޮށްދިން ގޮތާއި އަޅާބަލާއިރު މިޒާމާނުގައި ތަޢްލީމުފޯރުކޮށްދިނުން މިދަނީ ދުވަހުން ދުވަހަށް ކުރިއަރައި ފުޅާވަމުންނެވެ. މިގޮތުން ކިޔަވައި ދިނުމުގައި ބޭނުން ކުރާ ވަސީލަތް (ސާމާނު) ތައް އިތުރުވަމުން ދާކަން ފާހަގަ ކުރެވެއެވެ. މިރިޕޯޓަކީ "މަލްޓިމީޑިޔާ ފޯރ ޓީޗިން" މިމާއްދާއިން ގްރޫޕް މަސައްކަތުގެ ގޮތުގައި ހެދުމަށް ޙަވާލު ކުރެވުނު މަސައްކަތް ނިންމުމަށްފަހު އެ މަސައްކަތާއި ބެހޭގޮތުން ކޮންމެ ދަރިވަރަކު ވަކިން ހަދާ ރިޕޯޓެކެވެ. މިރިޕޯޓްގެ އެންމެ ބޮޑު ބޭނުމަކީ ގްރޫޕްގައި ކުރެވުނު މަސައްކަތް ބޭނުންކޮށްގެން ޒަމާނާ އެއްގޮތަށް ފަސޭހައިން ދަރިވަރުންނަށް އުނގަންނައި ދިނުމެވެ.

ކިޔަވައިދިނުމުގައި މަލްޓި މީޑިޔާދައުރު.

މަލްޓިމީޑިއާއަކީ ވަރަށްފުޅާދާއިރާއެއްގައި ތަފާތުވަސީލަތްތަށް ބޭނުންކޮށްގެން މުވާސަލާތު ކުރުމަށް ބޭނުންކުރެވޭ ވަރަށް ފަސޭހަ ވަސީލަތެކެވެ. މިވަސީލަތް ބޭނުން ކޮށްގެން ދަރިވަރުން އުނގެނުމަށް ބޭނުންވާ ތަފާތު މަޢްލޫމާތު ފޮޓޯއިންނާއި ވީޑިއޯއިންނާއި ތަފާތު ޗާޓުތަކާއި އިންޓަނެޓްގެ ވެބްސައިޓްގެ އެހީގައި ދަރިވަރުންނަށް ފޯރު  ކޮށްދެވެއެވެ.

ކިޔައިވައިދިނުމުގައި މަލްޓިމީޑިޔާ ބޭނުންކުރުމުން ހުރި ފަސޭހަތަކާއި ފައިދާތައް.

މަލްޓިމީޑިޔާ ބޭނުން ކުރުމުން ކިޔައިވައި ދިނުމުގައި ވަރަށް ފަސޭހައަކަށް ވެގެންދެއެވެ. މަލްޓިމީޑިއާގެ ސަބަބުން  އެއްހިއްސަށްވުރެ  ގިނަ ހިއްސު އެއްވަގުތެއްގައި ބޭނުން ހިފުމާއި  ކުދިން ކިޔެވުމަށް ދޭ ޝައުގުވެރިކަން އިތުރުވުމާއި ކިޔެވުމަށް ޝައުޤުވެރިކަން އިތުރު
ވެއެވެ. މީގެ އިތުރުން ނުކުޅެދޭ މީހުންނަށް އުނގަންނައިދިނުމަށް އެހީއަކަށް ވުމާއި ކުދިން ފިލާވަޅުގައި ބައިވެރިވުން އިތުރުވެ ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް ވަރަށްބޮޑު އެހީއަކަށް ވެއެވެ.

                މިއާރޓިލު ގައި މައިގަނޑު ގޮތެއްގައި ބާލާލެވިފައިވާނީ މި ޓޫލުސް ބޭނުންކޮށްގެން ކުލާސްތެރޭގައި ސްމާޓް ބޯޑުގައްޔާއި ޓެބްލެޓް ތަކުގަޔާއި އަދި ގެލެކްސީ ނޯޓް ފަދަ ޒަމާނީ ވަސީލަތް ތައް ބޭނުން ކޮށްގެން ފަސޭހަ ކަމާއި އެކު އުނގަންނައިދެވިދާނެއެވެ. މިފަދަ ޒަމާނީ ވަސީލަތައް ބޭނުން ކޮށްގެން ކުލާހުގައި ކިޔަވައި ދިނުމަކީ ވަރަށް ފަސޭހަ ކަމާއިއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ގިނަ މަޢްލުމާތު އޮޅުން ފޯރުކޮށްދެވެއެވެ. އަދި މި ޓޫލުސްގެ  ސަބަބުން ދަރިވަރުން ކިޔެވުމަށް ދޭ ޝައުޤުވެރިކަން އިތުވެ ފަސޭޙަ ކަމާއި އެކު ފިލާވަޅު ނަގައި ގަތުމުގެ ބާރަކަށް ވެއެވެ. މަލްޓި މީޑިޔާގެ މިފަދަ ޓޫލުސްގެ ސަބަބުން (އެނިމޭޝަން، ގްރެފިކުސް، އޯޑިއޯ، ވީޑިއޯ)

އައިޕެޓުން މަޢުލޫމާތު ހޯދުން
ދަރިވަރުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ފަސޭހައަކަށް ވެއެވެ. މިކަމުގެ ސަބަބުން ދަރިވަރުން އަޑުއެހުމުގެ އިތުރަށް ލޮލުންފެނި ކަންތައްތައް ތަޖްރިބާ ކުރުމުގެ ފުރުޞަޠަކަށް ވެއެވެ. މި ޓޫލުގެ ފުރަތަމަ ޞަފްޙާގައި އެކުލެވިފައިވާ ބައިތަކުގެ ސަބަބުން ފަސޭހަ ކަމާއިއެކު ފިލާވަޅުތައް ހޯދުމަށް މަގުފަހިވެގެން ދެއެވެ. މިޓޫލްގެ މަޤުޞަދަކީ އުނގަންނައި ދިނުމުގައި މީހުން ޝައުޤުވެރިވާ ގޮތެއްގައި ޒަމާނީ ޓެކްނޮލެޖީއަށް އަންނަމުންދާ އަވަސް ބަދަލާއެކު ޓެބްލެޓް ފަދަ ވަސީލަތް ތަކުގައި ކިޔަވައި ދިނުމަށް އާވިސްނުމެއް ތަޢާރަފް ކުރުމެވެ.

(2010) އެޑްވާންޓޭޖަސް އޮފް މަލްޓިމީޑިއާ އިން ދަ ކްލާސް ރޫމްސް، މިސައިޓްގައި ހާމަކުރައްވާފައިވަނީ މަލްޓި މީޑިއާ ޑިފަރރެންޝިއަލް (ކޮންމެ ކުއްޖަކަށް ތަފާތު ގޮތަކަށް) އިންސްޓްރަކްޝަން ތަކަށް އެހީވެދެއެވެ. ތަފާތު ގޮތްގޮތަށް މަޢްލޫމާތުތައް ދަރިވަރުންނަށް ގެނެސްދީގެން އެދަރިވަރުންގެ ބޭނުންތަކާއި/ އެކުދިންނަށް ފަސޭހަގޮތްތަކާއި އެއްގޮތަށް ކިޔަވައި ދެވެއެވެ.
މަލްޓި މީޑިޔާގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި އޮންނަ ގުޅުން އިތުރުވެގެން ދެއެވެ. މިހެންވުމުގެ ސަބުން

ދަރިވަރުންގެ ކިޔެވުމަށްދޭ ޝައުޤުވެރިކަން އިތުރުވެ ނަތީޖާ  ރަނގަޅުވުމުގެ ބާރަކަށް ވެދެއެވެ. ރޮގާރ ސްލެކް (1999) ހާމަ ކުރައްވާ ގޮތުގައި މަލްޓިމީޑިޔާ ބޭނުން ކުރުމުގެ ސަބަބުން މުދައްރިސުންނަށް ކިޔަވައި ދިނުމަށް ފަސޭހަވެ ނަތީޖާއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވެއެވެ.  ސްކްރޮއެޑަރ ބީ (2010) ހާމަކުރައްވާ ގޮތުގައި މަލްޓި މީޑިއާ ކްލާހުގައި ބޭނުންކުރަން ޖެހޭ ސަބަބަކީ އުދަގޫ  މަޙްފޫމްތައް ފަސޭހައިން ދެނެގަތުމުގައި ޑައިނަމިކް (ހަރަކާތްކުރާ) ނުވަތަ ސްޓެޓިކް (ހަރަކާތް ނުކުރާ) މީޑިއާ އެހީވެދެއެވެ.

ބާކަރ ޖީ: ހާމަކުރައްވާފައިވާގޮތުގައި [ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނަކީ ހަމައެކަނި އޮޅުން ފިލުވައި ދިނުމަށްވުރެ ރަނގަޅުގޮތްތަކެކެވެ. ދިރާސާތަކުން ދައްކަގޮތުގައި ޓްރާންޕޭރެންސީ ޕްރެޒެންޓޭޝަން ތަކަކަށްވުރެ ޕަވަރޕޮއިންޓް ޕްރެންޓޭޝަންތަކަށް ދަރިވަރުން ގަޔާވެއެވެ. އެމީހުން ޤަބޫލުކުރާގޮތުގައި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންތަކުން ދަސްވާގޮތް ގިނަވެފައި ފަސޭހައެވެ.]

ޖޯން ޑިއުވޭ: ހާމަކުރާގޮތުގައި  [އަހަރުމެން އިއްޔެ ކިޔަވައިދިން ގޮތަށް މިއަދު ކިޔަވައި ދީފިނަމަ އަހަރުމެންނަށް އަހަރުމެންގެ ދަރީންގެ މުސްތަޤުބަލު ނަގާލެވެނީއެވެ.]  އުނގެނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ކޮންމެ ބޭފުޅަކަށްވެސް އެންމެ މުހިއްމު އެއްކަމަކަށްވާނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅޭނެ ގޮތެކެވެ. އޭގެ މާނައަކީ އެއްބަޔަކު އަނެއްބަޔަކާއި މުވާސަލާތު ކުރެވޭނެ ގޮތެއް އޮތުމެވެ.


އިންޓަރނެޓް ބޭނުންކުރުމުގެ އަޚްލާޤީ މިންގަނޑު.

ޒަމާނަށްއަންނަ ބަދަލާ ގުޅިގެން އިންޓަރްނެޓް ބެނުން ކުރާމީހުން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އިންޓަރނެޓްގެ ޒަރިއްޔާއިން ވަރަށްގިނަ މަޢުލޫމާތުތައް ލިބޭތީ ކުޑަކުދިންނާއި ބޮޑެތި މީހުންނާއި ޚާއްޞަ ގޮތެއްގައި މުދައްރިސުން އިންޓަރނެޓްގެ ބޭނުން ވަރަށް ގިނައިން ބޭނުން ކުރެއެވެ. ކޮންމެ ބޭފުޅަކުވެސް އިންޓަރނެޓް ބޭނުން ކުރާއިރު ސަމާލުކަން ދޭންޖެހޭނެ ކަންތައްތަކެއް ހުރެއެވެ. އޭގެތެރޭގައި؛
1-    ދީނާ ފުށޫ އަރާގޮތަށް ހަދާފައި ހުންނަ ސައިޓް ތަކުގެ ބޭނުން ނުކުރުން
2-    އަޚްލާޤީ ގޮތުން ދަށްފެންވަރުގެ ސައިޓްތަކުގެ ބޭނުން ނުކުރުން
3-    ނުބައި މަޢުލޫމާތު ހުންނަ ސައިޓް ތަކުގެ ބޭނުން ނުކުރުން
 
ދީނާއި ފުށޫއަރާ ގޮތަށް ބައްޓަން ކޮށްފައި ހުންނަ ސައިޓް ތަކަށް ވަނުމުގެ ސަބުން އަޅުގަނޑުމެންގެ ޢަޤީދާއަށް ވަރަށް ނޭދެވޭ އަސަރު ކުރުވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ކުރުވާ އެންމެބޮޑު އަސަރަކީ ދީނީގޮތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ ކަންތައްތައް އޮންނަ ރަނގަޅުގޮތް އޮޅިގެން ދިއުމެވެ. މީގެ އިތުރުން އަޚްލާޤީ ގޮތުން ދަށްފެންވަރުގެ ސައިޓްތަކުގެ ބޭނުން ކުރުމުގެ ސަބަބުން އަޅުގަނޑުމެންނާއި އަޅުގަޑުމެންގެ ދަރިންނަށްވެސް އެކަމުގެ ނުބައި އަސަރު ކުރުވާކަން ފާހަގަ ކުރެވެއެވެ. އިންޓަރނެޓްގައި ލިޔެފައި ހުންނަ ކޮންމެ މަޢުލޫމާތަކީ ތެދު މަޢުލޫމާތު ނޫންކަން އިންޓަރނެޓް ބޭނުން ކުރައްވާ ހުރިހާ ބޭފުޅުން ވެސް ރަނގަޅަށް ދަންނަން ޖެހޭނެއެވެ. މިގޮތަށް ލިޔެފައި ހުންނަ މަޢުލޫމާތު ޙަޤީޤަތް ނުބަލާ ބޭނުން ކުރެވިއްޖެނަމަ ގިނަފަހަރަށް ހީވެސް ނުކުރާފަދަ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެއެވެ.

އިންޓަރނެޓަކީ ހުރިހާ ފާޑެއްގެ މަޢުލުމާތު އެކުލެވިގެންވާ ތަނަކަށް ވިޔަސް ހެޔޮގޮތުގައި އެ މަޢުލޫމާތުގެ ބޭނުން ކުރެވިއްޖެނަމަ ވަރަށް އަގުހުރި އެއްޗަކަށް ވެދެއެވެ. އިންޓަރނެޓްގެ ސަބަބުން ބޭރުގެ ޔުނިވަރސިޓީ ތަކުގައި ކިޔަވަމުންދާ ކޯސްތައް ގޭގައި ހުރެގެން ކިޔެވުމުގެ ފުރުޞަތު ލިބެއެވެ. މީގެ އިތުރުން ކުޑަ ޚަރަދަކުން ރައްޓެހިންނާއި ބޭރުގައި ކިޔަވަން އުޅޭ ކުދިންނާ ގުޅުންބަދަހިވެ އެކުވެރިކަން އާލާވެއެވެ.

ކައިރި މުސްތަޤުބަލްގައި ކިޔަވައިދިނުމަށް މަލްޓިމީޑިޔާގެ ސަބަބުން ކުރާނެ އަސަރު.

އުނގަންނައި ދިނުމުގައި މަލްޓީ މީޑިޔާގެ ސަބުން ދަރިވަރުންނަށް ހެޔޮ ބަދަލު އަންނާނެ ކަން ޔަޤީނެވެ. އެއީ ކޮންމެ ކިޔަވައިދޭ
އެދުރަކަށްވެސް ކުލާސްރޫމުގައި މިފަދަ ވަސީލަތްތައް ބޭނުންކުރުމުން  ދަރިވަރުންނަށް ބޭނުންވާ ވަރަށް ގިނަ މަޢުލޫމާތު ފޯރު ކޮށްދެވެއެވެ. އަދި ދަރިވަރުންވެސް، އެފޯރު ކޮށްދެވޭ މަޢުލޫމާތު ހަނދާނުގައި ގިނަދުވަހަށް ބެހެއްޓުމުފެ  ފުރުޞަޠު ބޮޑުވެގެން ދެއެވެ. އަޅުގަނޑު ދަންނަވާނީ ކައިރި މުސްތަޤުބަލުގައި މަލްޓި މީޑިޔާގެ ބޭނުން ކިޔަވައި ދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތް ތަކަކުން ކުރައްވާނެ ކަމެވެ.
          

ނިންމުން

  މަލްޓި މީޑިޔާއާނުލައި ދަރިވަރުންނަށް އުގަންނައިދިނުމަކީ އެހާ އުނދަގޫ ކަމަކަށް މިހާރު މިވަނީ ވެފައެވެ. ޗައިނާގެ (އަދަބީބަހެއްގައި) ވެއެވެ. [އަހަރުމެން ކިޔެވިގޮތަށް އަހަރުމެންގެ ދަރީންނަށް ކިޔަވައި ނުދޭށެވެ. އެއީ އެމީހުންނަކީ އެހެން ދައުރެއްގެ ބަޔަކަށްވާތީއެވެ.] މިފަދަ ސޮޓްވެއަރ ތަކުގެ ބޭނުން  ހެޔޮގޮތުގައި ކުރެވޭނެ ބައެއްތަކެތީގެ ތެރޭގައި ކޮމްޕިއުޓަރާއި ލެކްޓޮޕާއި ސްމާޓް ބޯޑާއި އަދި އައި ޕެޑް ފަދަ ތަކެތި ހިމެނެއެވެ. މިފަދަ ސޮފްޓްވެއަރ ތަކުގެ ސަބުން ދަރިވަރުންނާއި މުދައްރިސުންނާއި އުނގެނުމުގއ ދާއިރާގައި މައސްކަތް ކުރައްވާ ކޮންމެ ބޭފުޅަކަށް ވަރަށްބޮޑު އެހީއަކަށް ވާނެކަން ޔަޤީނެވެ.

ރިފަރެންސް
މުދައްރިސް ދެއްވި މަޢުލޫމާތު ތައް.
http://bloggingonthebay.edublogs.org/2010/10/03/advantages-of-multimedia-in-the-classroom/
http://www.globalgridforlearning.com/10-reasons-to-use-multimedia-in-the-classroom
http://pine.ucc.nau.edu/gab38/etc547/Baker_Analysis%20Paper.htm
http://www.slideshare.net/tonyvincent/education-technology-quotes

26 comments:

  1. މައުލޫމާތު ވަރަށް ފުރިހަމަ

    ReplyDelete
  2. މަޢުލޫމާތު މުއްސަނދިކަން ފާހަގަކުރެވޭ. ޒަމާނީ ސްކޫލެއްގައި ހުންނާނެ ސިފަތަކަށް އަލިއަޅުވާލިނަމަ މިއަށްވުރެ ފުރިހަމަވާނެކަމަށް ބެލެވޭ

    ReplyDelete
  3. ވަރަށް ފުރިހަ މައުލޫމާތު ކޮޅެއް

    ReplyDelete
  4. ތަފްޞީލީ ފުރިހަމަ ލިއުމެއް.

    ReplyDelete
  5. މިއީ ވަރަށް މޮޅަށް ލިޔެފައިވާ މައުލޫމާތު ވަރަށް މުއްސަނދި ލިޔުމެއްކަން ފާހަގަކުރަން ކޮލެޖްތަކުގެ ކުދިންނަށް ނުހަނު ބޭނުންތެރި މަޢުލޫމާތުތަކެއް. ...ވަރަށް ބޮޑަށް ޝުކުރިއްޔާ

    ReplyDelete
  6. މިއީ ވަރަށް މޮޅަށް ލިޔެފައިވާ މައުލޫމާތު ވަރަށް މުއްސަނދި ލިޔުމެއްކަން ފާހަގަކުރަން ކޮލެޖްތަކުގެ ކުދިންނަށް ނުހަނު ބޭނުންތެރި މަޢުލޫމާތުތަކެއް. ...ވަރަށް ބޮޑަށް ޝުކުރިއްޔާ

    ReplyDelete
  7. ވަރަށް އެކަށޭނަ ރަނގަޅު މަޢުލޫމާތުތަކެއްކަން ފާހަގަކުރަމެވެ.

    ReplyDelete
  8. މިއަދުގެ ތަޢުލިމީ ދާއިރާއާ ވަރަށް ގުލޭ ވަރަށް ފުރިހަމަ ލިއުމެއްކަމަށް ފެނޭ،

    ReplyDelete
  9. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  10. ވަރަށް މައުލޫމާތު މުއްސަދި އާޓިކަލްއެއްކަން ފާހަގަ ކުރެވޭ

    ReplyDelete
  11. މައުލުމާތު ވަރަށް ރަނގަޅު. މިފަދަ މަޢުލޫމާތަކީ ކިޔަވާ ބަޔަކަށް ލިބޭ އިތުރުމަޢުލޫމާތެއްކަން ކަށަވަރު

    ReplyDelete
  12. މަޢުލޫމާތު ކޮޅު ވަރަށް ރަގަޅަށް ގެނެސްދީފައި އެބަހުރިކަން ފާހަގަކުރެވޭ. ނަމަވެސް އިމްލާކުށް ގިނަކަން ފާހަގަކުރަން. ޢިބާރާތްކުރާއިރުވެސް ޖުމްލަައިގެ ފެށުމާއި ނިންމުމުގައި ކުދިކުދި މައްސަލަ ހުރި ނަމަވެސް ޖުމްލަކޮށް ބަލާއިރު ލިޔުން ވަރަށް ރަނގަޅު.

    ReplyDelete
  13. ޒަމާނީ ސްކޫލް ... ކްލާްސްރޫމްގެ ޓެކްނޮލޮޖީ ވަރަށް ރަނަގަޅަށް އެނގިއްޖެ. ލިޔުންގަނޑުގެ އެތުރުންގަނޑު ވަރަށް ފުރިހަމަ. ނިންމުމުގައި މުޅިލިޔުމަށް ބަލައިލިނަމަ އިތުރަށް ފުރިހަމަވީސް.

    ReplyDelete
  14. ކްލާސްރޫމް ޒަމާނީ ޓެކްނޮލޮޖީއިން މުއްސަނދިކޮށް އެފަދަ ވަސީލަތް ހެޔޮގޮތުގައި ހިފުމަށް އެ-ތަކެއް މަޢުލޫމާތު އެކުލެވޭ މަޟްމޫނެއް.. ماشاءالله. ވ ފުރިހަމަ..

    ReplyDelete
  15. Anonymous11/25/2015

    މަޢުލޫމާތު މުއްސަނދި ލިޔުމެއް ރަނގަޅު ލިޔުމެއް

    ReplyDelete
  16. Anonymous11/25/2015

    This comment has been removed by the author.

    ReplyDelete
  17. ....މަލްޓިމީޑިއާ އާއި ބެހޭގޮތުން ވަރަށް ފުރިހަމަ މައުލޫމާތު ކޮޅެއް ލިބިގެން ގޮސްފި! ވަރަށް ފުރިހަމަ ލިޔުމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ

    ReplyDelete
  18. ވަރަށް ތަފްޞީލީ ލިއުމެއް އެދުރުން ނަށް ފައިދާ ކުރަނިވި މައުލޫމާތުތަކެއް

    ReplyDelete
  19. ވަރަށް ތަފްޞީލީ ލިއުމެއް އެދުރުން ނަށް ފައިދާ ކުރަނިވި މައުލޫމާތުތަކެއް

    ReplyDelete
  20. ވަރަށް ތަފްޞީލީ ލިއުމެއް އެދުރުން ނަށް ފައިދާ ކުރަނިވި މައުލޫމާތުތަކެއް

    ReplyDelete
  21. ވަރަށް ފުރިހަމަ ލިޔުމެއް

    ReplyDelete
  22. ވަރަށް ޝަެުގުވެރިކަމާ އެކު ކިޔާލެވުނު. ވަރަށް ލޮލަށް ފަސޭހަ ބްލޮގެއް

    ReplyDelete
  23. މާޝާﷲ. ހާދަހާ ފުރިހަމަ ލިޔުމެއް.މަޢްލޫމާތު ވަރަށް މުއްސަނދި.

    ReplyDelete
  24. މާޝާﷲ. ހާދަހާ ފުރިހަމަ ލިޔުމެއް.މަޢްލޫމާތު ވަރަށް މުއްސަނދި.

    ReplyDelete
  25. މަޢުލޫމާތު މުއްސަނދި ލިޔުމެއް !ކިޔަވައިދިނުމުގައި މަލްޓިމީޑިޔާ ބޭނުންކުރުމުން ހުރި ފަސޭހަތަކާއި ފައިދާތައް ދެފަހަރު ގެނެވިފައިވުމުން ތަންކޮޅެއް އައިބުކަމަށް ދައްކާ

    ReplyDelete
  26. ހާރޫނު ކުރައްވާފައި ވަނީވަރަށް ބުރަމަސައްކަތެކެވެ. މަޢުލޫމާތުން ފުރިފައިވާލިޔުމެކެވެ.

    ReplyDelete