ބްލޮގްގެ ތަޢާރަފް

މި ބްލޮގަކީ މުދައްރިސުންނަށް ޚާއްޞަކޮށްގެން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއާ ބެހޭ ގޮތުން ތަފާތު މައުލޫމާތު ގެނެސް ދިނުމަށްޓަކައި އަޅުގަނޑުމެން ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގައި ކިޔަވަމުން އަންނަ ދަރިވަރުން ކޮޅެއް ހަދާފައިވާ ބްލޮގެކެވެ. މި ބްލޮގްގެ ފެށުމަކީ "އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ" މި މާއްދާގެ ދަށުން ހަދަން ދެވުނު އެސައިންމެންޓެކެވެ. ނަމަވެސް މި ބްލޮގްގެ ޒަރީޢާއިން ކުރިއަށް އޮތް ތާނގައިވެސް އަލުގަނޑުމެން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއާ ބެހޭ މަޢުލޫމާތުތަކާއި މިނޫންވެސް މުދައްރިސުންނަށާއި ކިޔަވާ ކުދިންނަށް ބޭނުންވާ ތަފާތު މަޢުލޫމާތުތައް ހުށާއަޅައި ދެމުން ގެންދާނަމެވެ.

17.11.15

އީ-ލާނިންގ / އޮންލައިންކޮށް ހިލޭ ނުވަތަ ކުޑަ އަގެއްގައި އުގެނުމުގެ ފުރުޞަތުތަކާއި އެފަދަ ބައެއް ސައިޓްތައް



ލިޔުނީ: ޝާމް އިބްރާހީމް / ފެހިގެ އދ. ދަނގެތި




މިޒަމާނަކީ ތަޢުލީމުގެ ޒަމާނެވެ. ވަކިޢުމުރެއް ވަކި ފަންތިއެއް ވަކި ގިންތިއެއްނެތި ތަޢުލީމު ހޯދުމަށް ޓަކައި މަސައްކަތް ކުރަމުންދާ ޒަމާނެކެވެ. މިފަދަ ޒަމާނެއްގައި ފަސޭހަކަމާއެކު އަގުހެޔޮކޮށް ތަޢުލީމު ޙާޞިލްކުރެވޭނެ ގޮތްތައް އެގިފައި އޮތުމަކީ ވަރަށް ބޭނުންތެރި މުހިންމު ކަމެއްކަން ކަށަވަރެވެ.

އީ-ލާނިންގ އަކީ މިކަމަށް ކޮށާލެވިފައިވާ ފުޅާ ތަނަވަސް މަގެކެވެ. އެ މަގުން ކުރިއަށް ގޮސް އެމީހަކު ބޭނުން ދާއިރާއަކުން ތަޢުލީމު ޙާޞިލް ކުރުމުގެ ފުޞަތު ފަހިވެފައިވެއެވެ. އޮންލައިންކޮށް ހެދޭ ތަފާތު ވައްތަރުގެ ކޯސްތައްވެއެވެ. ވަރަށް ބޮޑު ފީއެއް ދައްކަގައިގެން ހެދޭކޯސްތަކާއި ކުޑައަގެއް ދައްކައިގެން ހެދޭ ކޯސްތަކާއި އަދި ހިލޭ ހެދޭ ކޯސްތައްވެސް ހިމެނެއެވެ. އެގޮތުން އަޅުގަޑު މިމަޒުމޫނުގައި ބަލާލާނީ ހިލޭ ނުވަތަ ވަރަށް ކުޑަ އަގެއް ދައްކައިގެން ހެދޭ ބައެއް ކޯސްތަކާއި އެކޯސްތައް ހިންގާ ވެބުސައިޓުތަކަށެވެ.




ޚާން އެކަޑަމީ Khan Academy

ޚާން އެކަޑަމީ އަކީ 2006 ވަނަ އަހަރު ސަލްމާން ޚާން ނަމަކަށް ކިޔުނު ބޭފުޅެއް ދުނިޔޭގެ ހުރިހައި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ
މީހުންނަށް ހިލޭ ތައުލީމް ފޯރުވައިދިނުމުގެ އުއްމީދުގައި ހެދި ހިލޭ ބޭނުންކުރެވޭ ވެބްސައިޓެކެވެ. މި ވެބްސައިޓުގައި ފިނޭންސް އަދި އާރޓްސް ފަދަ އެތަކެއް މައުލޫތަކަށް ކިޔަަވައިދީފައިވާ ހަަތަރު ހާހަށްވުރެ ގިނަ ވީޑިއޯ ހިމެނެއެވެ. މި ވީޑިއޯތަށް އަޕްލޯޑު ކުރެވެނީ ޔޫޓިއުބަށެވެ. ކޮންމެ ވީޑިއޯ އެއްވެސް ފެށެނީ އެކަޑަމީގެ ފަށައިގަތް ފަރާތް ކަމަށް ވާ ސަލްމާން ޚާންގެ ބަސްކޮޅަކުންނެވެ.
ޚާން އެކަޑަމީ ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ބޮޑެތި އިދާރާތަކާ އެކު ޕާޓްނާޝިޕް ހަދާފައިއެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އަދި ޓެކްނޮލޮޖީގެ އަދި އުފެއްދުންތެރިކަމުގެ ދާއިރާއިން ދުނިޔެއިން އެންމެ ނަން ހިނގާލާ ޔުނިވާސިޓީ ކަމަށްވާ އެމް އައި ޓީ އެވެ.
ސަލްމާން ޚާން މި ވެބްސައިޓު އުފެއްދުމުގެ މަޤްސަދެއް ކަމުގައި ބުނެފައިވަނީ ދުނިޔޭގެ އަކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ހިލޭ ދުނިއެވީ ފެންވަރުގެ ތަޢުލީމެއް ފޯރުވައިދިނުމެވެ.


ސްކިލް ޝެއާ Skillshare

 

މިވެބްސައިޓުގެ މައިގަނޑު އަސާސަކީ ތަފާތު ގޮތަކަށް އުންގަންނައިދިނުމެވެ. ސްކިލް ޝެއާ ފެށިގެން އައީ އެމެރިކާގެ ނިއުޔޯކުގައި 2010 ވަނަ އަހަރުގައެވެ. މި ވެބްސައިޓގައި ހިމެނެނީ މައިގަނޑު ގޮތެއްގައި ހިލޭ ބައިވެރިވެވޭ އޮންލައިން ކޯސް ތަކެވެ. އަދި އުންގަންނައިދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފޯރުވައިދޭ ޓީޗިން ކޯސްތަށް ވެސް ހިމެނެއެވެ. މި ކޯސް ތަކަކީ އެ ކިޔަވައިދޭ ޓީޗަރަށް އަގެއް ކަނޑައެޅޭ ފަދަ ކޯސްތަކެކެވެ. އެގޮތަށް ކަނޑައެޅޭ އަގުތަށް ރިވިއުކޮށް ފާސް ކުރަނީ އިންސްޓްރަކްޓަރުންނެވެ.
ސްކިލް ޝެއާގައި ބޮޑަށް ބަލަނީ މުތާލިއާ ކޮށްގެން ދަސްކުރުމަށްވުރެން އެކިޔަވާ މާއްދާއަކާ ގުޅޭ ހަރަކާތްތަށް އަމަލީ ގޮތުން ހިންގައިގެން ދަސްކުރުމެވެ. މި ކޯސްތަކަށް ކިޔަވައިދިނުމަށް އުޅެނީ އެދާއިރާއަކުން ފުންނާބުއުސް ތަމްރީނުލިބިފައިވާ ތަޖުރިބާކާރުންނެވެ. މި ވެބްސައިޓުގައި މިހާރު 250 އަށް ވުރެ ގިނަ އޮންލައިން ކޯސް ހިމެނެއެވެ.

ކޯޑް އެކަޑަމީ Codeacademy

ކޯޑް އެކަޑަމީ އަކީ ހިލޭ ތައުލީމް ފޯރުވައިދޭ ވެބްސައިޓެކެވެ. މި ވެބްސައިޓު އީޖާދުކުރުމުގެ މައިގަނޑު މަގްސަދަކީ އެމެރިކާގެ ތައުލީމީ އިދާރާ މުޅިން ބަދަލު ކޮށްލުމެވެ. ޒަމާނާއި އެއްގޮތްވާގޮތުގެ މަތިން ޓެކްނޮލޮގީ ބޭނުން ކޮށްގެން އުނގަންނައިދިނުމެވެ. ބައިވެރިންނަށް ހިލޭ ނުވަ ބާވަތެއްގެ ކޯޑިން ކްލާސް ތަކެއްގައި ބައިވެރިވެވެއެވެ. އަދި ހަމަ އެހެންމެ ބައިވެރިންނަށް އެމީހަކު އަމިއްލަ އަށް ކޯސްތަށް ހެދުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވެއެވެ. 2011 ގައި މި ވެބްސައިޓު ހުޅުވުނީއްސުރެ މިއަދާ ޖެހެންދެން 25 މިލިޔަން އަށް ވުރެ ގިނަަ މީހުން މި ކޯސް ތަކުގައި ބައިވެރިވެފައިވެއެވެ.


ފްރީ އެޑިއުކޭޝަން Free education


މި ކުންފުނި ވަނީ 12.5 މިލިޔަން ޑޮލަރު ކުންފުނި ކުރިއަރުވާ ފުޅާކުރުމަށްޓަކައި ހޯދާފައިއެވެ. މި ކުންފުނިން ކިޔަވައިދިނުމަށް ކުދިން އަތުން އެއްވެސް ކަހަލަ ފީ އެއް ނުނަގައެވެ. މި ކުންފުނީގެ ވެރިޔާ ބުނާ ގޮތުގައި ގިނައިން ބޮޑެތި މީހުން ކޯސް ތަކުގައި ބައިވެރިވީނަމަވެސް ކޮންމެވެސް ވަރަކަށް އުމުރުން ހަގު ޒުވާން ފުރައިގެ ކުދިންވެސް ބައިވެރިވާކަމަށެވެ.
މި ކުންފުނިން ވަނީ އެމެރިކާގެ ސަރުކާރުގެ މައި އިދާރާ ކަމަށްވާ ވައިޓް ހައުސް އަދި ދުނިޔޭގެ އެންމެ ބޮޑު އަދި ނަން މަޝްހޫރު ކުންފުނި ކަމަށްވާ ގޫގުލް އާއި ގުޅިގެން ޓެކްނޮލޮގީގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ތަނަވަސްކޮށްދެމުންނެވެ.


ލިންޑާ.ކޮމް Lynda.com

ބައިވެރިންނަށް މަހަކު 25 ޑޮލަރު ދައްކައިގެން 1800 އަށް ވުރެ ގިނަ ވީޑިޔޯ ބަލައި ދަސްކުރުމުގެ ފުރުސަތު މި ވެބްސައިޓުންތަނަވަސް ކޮށްދެއެވެ. މި ވީޑިޔާތަކުގެ އެންމެ މުހިންމު އެއް ބޭނުމެއްކަމުގައިވަނީ ކުރިން ދަސްކޮށް ހަނދާން ނެތިފައިވާ އެއްޗެހި އަލުން މުތާލިއާ ކޮށް ރަނގަޅަށް ދަސްކުރުމެވެ. އަދި ހަމަ އެހެންމެ ސުފްޓްވެއާ ތަކަށް އަންނަ އާ އަޕްޑޭޓް ތަށް ބަލައި ބޭނުން ކުރަން ދަސްކޮށްދިނުމެވެ.
1995 ވަނަ އަހަރު އުފެދިފައިވާ މި ކުންފުނިން ކިޔަވައިދެނީ އާންމުކޮށް ސޮފްޓްވެއާ އާއި ބިޒްނަސް އެވެ. ވެބްސައިިޓުގައިވާ ވީޑިޔޯތަކަކީ އެ ދާއިރާގެ ތަޖުރިބާކާރުން ކިޔަވައިދީފައިވާ ވީޑިޔޯ ތަކެވެ.
މި ވެބްސައިޓުގެ މައިގަނޑު ވިސްނުމަކީ ތިމާއަށް ދިމާވާ ދަތި ކަންކަމާ ކުރިމަތި ލުމަށް އަދި ނޭނގޭ އެއްޗެހި ދަސްކޮށް އެމީހަކު ކަނޑައަޅާ ގޯލަށް ވާސިލުވުމަށް އެހީވުމެވެ. މި ވެބްސައިޓުގައި ޖަރުމަން، ފަރަންސޭސި އަދި ވިލާތުގެ އެހެން ގައުމުތަކުގެ ބަސްބަހުން ހަދާފައިވާ ވީޑިޔޯތަށް ހިމެނެއެވެ.



 ރިފަރެންސް
·        https://www.khanacademy.org/
·      https://www.skillshare.com/
·        https://www.codecademy.com/
·        http://www.free-ed.net/free-ed/
·        http://www.lynda.com/

18 comments:

  1. ލިޔެފައިވާ ލިޔުންތައް ވަރަށް ފުރިހަމަކަން ފާހަގަ ކުރެވޭ ނަމަވެސް ފޮޓޯ ތަކުގެ ތިރީގައި އެ ފޮޓޯ އަކާއި ގުޅުންހުރި ލިޔުންކޮޅެއް ހިމަނާލިނަމަ އިތުރަށް ފުރިހަމަވީސް ކަން ފާހަގަކުރެވޭ

    ReplyDelete
  2. ރަނގަޅު ލިއުމެއް! އަދި ބްލޮގް ވަރަށް ރިތި މާ ޝާ ﷲ.

    ReplyDelete
  3. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  4. މި ލުޔުމުން ވަރަށްގިނަ މައުލޫމާތު ލިބޭ

    ReplyDelete
  5. އޮންލައިން ކޮށް ކިޔެވުމަށް ވަރަށް ބޭނުންތެރި ސައިޓްތަކެއް

    ReplyDelete
  6. ވަރަށް ގިނަ މަޢުލޫމާތު ލިބޭ ރަނަގަޅު ލިޔުމެއް. ކުރު ތޢާރފެއް ގެނައި ގޮތަށް، ނިންމާލުމެއްވެސް ގެނައިނަމަ ރީތިވާނެކަމަށް ފެނޭ.

    ReplyDelete
  7. ޝާމް އަށް ވ ބޮޑަށް ޝުކުރިއްޔާ... ގޭގައި ތިބެގެން ހިލޭ ނުވަތަ ކުޑަ އަގެއްގައި ކިޔަވާލާނެ ގޮތްތަކާ އެފަދަ ސައިތްތަކެއް ހިއްސާކޮށްދެއވީތީ...

    ReplyDelete
  8. Anonymous11/25/2015

    ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެން ދިޔަ ލިޔުމެއް

    ReplyDelete
  9. ހަމަ ހަޤީޤަތުގައިވެސް އޮންލައިންކޮށް ކިޔެވެންހުރި ވެްބސައިޓްތައް ހުރިކަން މި ލިޔުން ކިޔާލުމުން އެނގިގެން ހިނގައްޖެ. ވަރަށް ފުރިހަމަ.ލިންކުތައް ދީފައިވާތީ އިތުރަށް ފުރިހަ..

    ReplyDelete
  10. އިންޓަނެޓް މެދުވެރިކޮށް މަތީ ތަޢުލީމް ހާސިލްކުރެވެ ކަން އެނގި މުހިންމު މަޢުލޫމާތު ތަކެއް ލިބެއްޖެ

    ReplyDelete
  11. މިލިޔުން ކިޔާލުމުން މައުލޫމާތުގެ މުއްސަނދިވުމުގެ އިތުރަށް، ކުރިން ނޭނގޭ އެތައް ވެބްސައިޓްތަކެއްގެ މައުލޫމާތު އިނގިގެން ހިނގައްޖެއެވެ. އަދި މިއީ ކިޔަވާކުދިންނަށް ބޭނުންތެރި ވެބްސައިޓްތަކެއްކަން އުފަލާއެކު ފާހަގަކުރަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ

    ReplyDelete
  12. މުަޢުލޫމާތު މުއްސަނދިވެގެން ދިޔަ ލިޔުމެއް. އިންޓަރްނެޓް މެދުވެރިކޮށގެން ކިޔެވޭނެ ގިނަގޮތްތަކެއް ބުނެދީ ކިޔަވައި ކުދިންނަށް ވަރަށް ފައިދާ ކުރާނެ ވެބްސައިޓެއް

    ReplyDelete
  13. ވަރަށް ރަނގަޅު ލިޔުމެއް! އިންޓަރނެޓް މެދުވެރިކޮށް ހިލޭކިޔެވެން ހުރި ތަފާތު ވެބްސައިޓްތައް މިލިޔުމުން އެނގިގެން ހިނގައްޖެ..

    ReplyDelete
  14. ތައްލީމަށްލިބޭ ވަރަށް ބޮޑުކުރުއެރުމެއްމާޝާﷲ.މިފަދަގިނަސައިޓްތަކުން އެތައްބަޔަކަށް ތަޢްލީމު އުނގެނުމުގެ ފުރުޞަތުތައް ލިބިގެން ދިއުމަކީ

    ReplyDelete
  15. ތައްލީމަށްލިބޭ ވަރަށް ބޮޑުކުރުއެރުމެއްމާޝާﷲ.މިފަދަގިނަސައިޓްތަކުން އެތައްބަޔަކަށް ތަޢްލީމު އުނގެނުމުގެ ފުރުޞަތުތައް ލިބިގެން ދިއުމަކީ

    ReplyDelete
  16. ވަރަށް މޮޅު ލިޔުންތެރިެއެއް! ދަިރާސާކޮށް ފައިވާކަން ފާހަގަކުރެވޭޭ!

    ReplyDelete
  17. ދިރާސާކޮށަފައި ލިޔެފައި ވާ ލިޔުމެއްކަމަށް ފެނެއެވެ.

    ReplyDelete
  18. ވަރަށް ފުރިހަމަ ލިޔުމެއް. އިތުރަށް ރަނގަޅުކޮށްލަންޏާ ލިޔުންގަނޑު ތެރެއަށް ރެފަރެންސް ހައިޕަރ ލިންކެއް ގޮތަށް ލެވިދާނެ.

    ReplyDelete