ލިޔުނީ: ޝާމް އިބްރާހީމް / ފެހިގެ އދ. ދަނގެތި
މިޒަމާނަކީ ތަޢުލީމުގެ ޒަމާނެވެ. ވަކިޢުމުރެއް ވަކި ފަންތިއެއް ވަކި ގިންތިއެއްނެތި ތަޢުލީމު ހޯދުމަށް ޓަކައި މަސައްކަތް ކުރަމުންދާ ޒަމާނެކެވެ. މިފަދަ ޒަމާނެއްގައި ފަސޭހަކަމާއެކު އަގުހެޔޮކޮށް ތަޢުލީމު ޙާޞިލްކުރެވޭނެ ގޮތްތައް އެގިފައި އޮތުމަކީ ވަރަށް ބޭނުންތެރި މުހިންމު ކަމެއްކަން ކަށަވަރެވެ.

އީ-ލާނިންގ އަކީ މިކަމަށް ކޮށާލެވިފައިވާ ފުޅާ ތަނަވަސް މަގެކެވެ. އެ މަގުން ކުރިއަށް ގޮސް އެމީހަކު ބޭނުން ދާއިރާއަކުން ތަޢުލީމު ޙާޞިލް ކުރުމުގެ ފުޞަތު ފަހިވެފައިވެއެވެ. އޮންލައިންކޮށް ހެދޭ ތަފާތު ވައްތަރުގެ ކޯސްތައްވެއެވެ. ވަރަށް ބޮޑު ފީއެއް ދައްކަގައިގެން ހެދޭކޯސްތަކާއި ކުޑައަގެއް ދައްކައިގެން ހެދޭ ކޯސްތަކާއި އަދި ހިލޭ ހެދޭ ކޯސްތައްވެސް ހިމެނެއެވެ. އެގޮތުން އަޅުގަޑު މިމަޒުމޫނުގައި ބަލާލާނީ ހިލޭ ނުވަތަ ވަރަށް ކުޑަ އަގެއް ދައްކައިގެން ހެދޭ ބައެއް ކޯސްތަކާއި އެކޯސްތައް ހިންގާ ވެބުސައިޓުތަކަށެވެ.
ޚާން އެކަޑަމީ Khan Academy
ޚާން އެކަޑަމީ އަކީ 2006 ވަނަ އަހަރު ސަލްމާން ޚާން ނަމަކަށް ކިޔުނު ބޭފުޅެއް ދުނިޔޭގެ ހުރިހައި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ހިލޭ ތައުލީމް ފޯރުވައިދިނުމުގެ އުއްމީދުގައި ހެދި ހިލޭ ބޭނުންކުރެވޭ ވެބްސައިޓެކެވެ. މި ވެބްސައިޓުގައި ފިނޭންސް އަދި އާރޓްސް ފަދަ އެތަކެއް މައުލޫތަކަށް ކިޔަަވައިދީފައިވާ ހަަތަރު ހާހަށްވުރެ ގިނަ ވީޑިއޯ ހިމެނެއެވެ. މި ވީޑިއޯތަށް އަޕްލޯޑު ކުރެވެނީ ޔޫޓިއުބަށެވެ. ކޮންމެ ވީޑިއޯ އެއްވެސް ފެށެނީ އެކަޑަމީގެ ފަށައިގަތް ފަރާތް ކަމަށް ވާ ސަލްމާން ޚާންގެ ބަސްކޮޅަކުންނެވެ.
ޚާން އެކަޑަމީ ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ބޮޑެތި އިދާރާތަކާ އެކު ޕާޓްނާޝިޕް ހަދާފައިއެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އަދި ޓެކްނޮލޮޖީގެ އަދި އުފެއްދުންތެރިކަމުގެ ދާއިރާއިން ދުނިޔެއިން އެންމެ ނަން ހިނގާލާ ޔުނިވާސިޓީ ކަމަށްވާ އެމް އައި ޓީ އެވެ.
ސަލްމާން ޚާން މި ވެބްސައިޓު އުފެއްދުމުގެ މަޤްސަދެއް ކަމުގައި ބުނެފައިވަނީ ދުނިޔޭގެ އަކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ހިލޭ ދުނިއެވީ ފެންވަރުގެ ތަޢުލީމެއް ފޯރުވައިދިނުމެވެ.
ސްކިލް ޝެއާ Skillshare
މިވެބްސައިޓުގެ މައިގަނޑު އަސާސަކީ ތަފާތު ގޮތަކަށް އުންގަންނައިދިނުމެވެ. ސްކިލް ޝެއާ ފެށިގެން އައީ އެމެރިކާގެ ނިއުޔޯކުގައި 2010 ވަނަ އަހަރުގައެވެ. މި ވެބްސައިޓގައި ހިމެނެނީ މައިގަނޑު ގޮތެއްގައި ހިލޭ ބައިވެރިވެވޭ އޮންލައިން ކޯސް ތަކެވެ. އަދި އުންގަންނައިދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފޯރުވައިދޭ ޓީޗިން ކޯސްތަށް ވެސް ހިމެނެއެވެ. މި ކޯސް ތަކަކީ އެ ކިޔަވައިދޭ ޓީޗަރަށް އަގެއް ކަނޑައެޅޭ ފަދަ ކޯސްތަކެކެވެ. އެގޮތަށް ކަނޑައެޅޭ އަގުތަށް ރިވިއުކޮށް ފާސް ކުރަނީ އިންސްޓްރަކްޓަރުންނެވެ.
ސްކިލް ޝެއާގައި ބޮޑަށް ބަލަނީ މުތާލިއާ ކޮށްގެން ދަސްކުރުމަށްވުރެން އެކިޔަވާ މާއްދާއަކާ ގުޅޭ ހަރަކާތްތަށް އަމަލީ ގޮތުން ހިންގައިގެން ދަސްކުރުމެވެ. މި ކޯސްތަކަށް ކިޔަވައިދިނުމަށް އުޅެނީ އެދާއިރާއަކުން ފުންނާބުއުސް ތަމްރީނުލިބިފައިވާ ތަޖުރިބާކާރުންނެވެ. މި ވެބްސައިޓުގައި މިހާރު 250 އަށް ވުރެ ގިނަ އޮންލައިން ކޯސް ހިމެނެއެވެ.
ކޯޑް އެކަޑަމީ Codeacademy
ކޯޑް އެކަޑަމީ އަކީ ހިލޭ ތައުލީމް ފޯރުވައިދޭ ވެބްސައިޓެކެވެ. މި ވެބްސައިޓު
އީޖާދުކުރުމުގެ މައިގަނޑު މަގްސަދަކީ އެމެރިކާގެ ތައުލީމީ އިދާރާ މުޅިން
ބަދަލު ކޮށްލުމެވެ. ޒަމާނާއި އެއްގޮތްވާގޮތުގެ މަތިން ޓެކްނޮލޮގީ ބޭނުން
ކޮށްގެން އުނގަންނައިދިނުމެވެ. ބައިވެރިންނަށް ހިލޭ ނުވަ ބާވަތެއްގެ ކޯޑިން
ކްލާސް ތަކެއްގައި ބައިވެރިވެވެއެވެ. އަދި ހަމަ އެހެންމެ ބައިވެރިންނަށް
އެމީހަކު އަމިއްލަ އަށް ކޯސްތަށް ހެދުމުގެ ފުރުސަތުވެސް
ހުޅުވާލެވިފައިވެއެވެ. 2011 ގައި މި ވެބްސައިޓު ހުޅުވުނީއްސުރެ މިއަދާ
ޖެހެންދެން 25 މިލިޔަން އަށް ވުރެ ގިނަަ މީހުން މި ކޯސް ތަކުގައި
ބައިވެރިވެފައިވެއެވެ.ފްރީ އެޑިއުކޭޝަން Free education
މި ކުންފުނި ވަނީ 12.5 މިލިޔަން ޑޮލަރު ކުންފުނި ކުރިއަރުވާ ފުޅާކުރުމަށްޓަކައި ހޯދާފައިއެވެ. މި ކުންފުނިން ކިޔަވައިދިނުމަށް ކުދިން އަތުން އެއްވެސް ކަހަލަ ފީ އެއް ނުނަގައެވެ. މި ކުންފުނީގެ ވެރިޔާ ބުނާ ގޮތުގައި ގިނައިން ބޮޑެތި މީހުން ކޯސް ތަކުގައި ބައިވެރިވީނަމަވެސް ކޮންމެވެސް ވަރަކަށް އުމުރުން ހަގު ޒުވާން ފުރައިގެ ކުދިންވެސް ބައިވެރިވާކަމަށެވެ.
މި ކުންފުނިން ވަނީ އެމެރިކާގެ ސަރުކާރުގެ މައި އިދާރާ ކަމަށްވާ ވައިޓް ހައުސް އަދި ދުނިޔޭގެ އެންމެ ބޮޑު އަދި ނަން މަޝްހޫރު ކުންފުނި ކަމަށްވާ ގޫގުލް އާއި ގުޅިގެން ޓެކްނޮލޮގީގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ތަނަވަސްކޮށްދެމުންނެވެ.
ލިންޑާ.ކޮމް Lynda.com
ބައިވެރިންނަށް މަހަކު 25 ޑޮލަރު ދައްކައިގެން 1800 އަށް ވުރެ ގިނަ ވީޑިޔޯ ބަލައި ދަސްކުރުމުގެ ފުރުސަތު މި ވެބްސައިޓުންތަނަވަސް ކޮށްދެއެވެ. މި ވީޑިޔާތަކުގެ އެންމެ މުހިންމު އެއް ބޭނުމެއްކަމުގައިވަނީ ކުރިން ދަސްކޮށް ހަނދާން ނެތިފައިވާ އެއްޗެހި އަލުން މުތާލިއާ ކޮށް ރަނގަޅަށް ދަސްކުރުމެވެ. އަދި ހަމަ އެހެންމެ ސުފްޓްވެއާ ތަކަށް އަންނަ އާ އަޕްޑޭޓް ތަށް ބަލައި ބޭނުން ކުރަން ދަސްކޮށްދިނުމެވެ.1995 ވަނަ އަހަރު އުފެދިފައިވާ މި ކުންފުނިން ކިޔަވައިދެނީ އާންމުކޮށް ސޮފްޓްވެއާ އާއި ބިޒްނަސް އެވެ. ވެބްސައިިޓުގައިވާ ވީޑިޔޯތަކަކީ އެ ދާއިރާގެ ތަޖުރިބާކާރުން ކިޔަވައިދީފައިވާ ވީޑިޔޯ ތަކެވެ.
މި ވެބްސައިޓުގެ މައިގަނޑު ވިސްނުމަކީ ތިމާއަށް ދިމާވާ ދަތި ކަންކަމާ ކުރިމަތި ލުމަށް އަދި ނޭނގޭ އެއްޗެހި ދަސްކޮށް އެމީހަކު ކަނޑައަޅާ ގޯލަށް ވާސިލުވުމަށް އެހީވުމެވެ. މި ވެބްސައިޓުގައި ޖަރުމަން، ފަރަންސޭސި އަދި ވިލާތުގެ އެހެން ގައުމުތަކުގެ ބަސްބަހުން ހަދާފައިވާ ވީޑިޔޯތަށް ހިމެނެއެވެ.
ރިފަރެންސް
· https://www.khanacademy.org/
· https://www.skillshare.com/
· https://www.codecademy.com/
· http://www.free-ed.net/free-ed/
· http://www.lynda.com/




ލިޔެފައިވާ ލިޔުންތައް ވަރަށް ފުރިހަމަކަން ފާހަގަ ކުރެވޭ ނަމަވެސް ފޮޓޯ ތަކުގެ ތިރީގައި އެ ފޮޓޯ އަކާއި ގުޅުންހުރި ލިޔުންކޮޅެއް ހިމަނާލިނަމަ އިތުރަށް ފުރިހަމަވީސް ކަން ފާހަގަކުރެވޭ
ReplyDeleteރަނގަޅު ލިއުމެއް! އަދި ބްލޮގް ވަރަށް ރިތި މާ ޝާ ﷲ.
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteމި ލުޔުމުން ވަރަށްގިނަ މައުލޫމާތު ލިބޭ
ReplyDeleteއޮންލައިން ކޮށް ކިޔެވުމަށް ވަރަށް ބޭނުންތެރި ސައިޓްތަކެއް
ReplyDeleteވަރަށް ގިނަ މަޢުލޫމާތު ލިބޭ ރަނަގަޅު ލިޔުމެއް. ކުރު ތޢާރފެއް ގެނައި ގޮތަށް، ނިންމާލުމެއްވެސް ގެނައިނަމަ ރީތިވާނެކަމަށް ފެނޭ.
ReplyDeleteޝާމް އަށް ވ ބޮޑަށް ޝުކުރިއްޔާ... ގޭގައި ތިބެގެން ހިލޭ ނުވަތަ ކުޑަ އަގެއްގައި ކިޔަވާލާނެ ގޮތްތަކާ އެފަދަ ސައިތްތަކެއް ހިއްސާކޮށްދެއވީތީ...
ReplyDeleteބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެން ދިޔަ ލިޔުމެއް
ReplyDeleteހަމަ ހަޤީޤަތުގައިވެސް އޮންލައިންކޮށް ކިޔެވެންހުރި ވެްބސައިޓްތައް ހުރިކަން މި ލިޔުން ކިޔާލުމުން އެނގިގެން ހިނގައްޖެ. ވަރަށް ފުރިހަމަ.ލިންކުތައް ދީފައިވާތީ އިތުރަށް ފުރިހަ..
ReplyDeleteއިންޓަނެޓް މެދުވެރިކޮށް މަތީ ތަޢުލީމް ހާސިލްކުރެވެ ކަން އެނގި މުހިންމު މަޢުލޫމާތު ތަކެއް ލިބެއްޖެ
ReplyDeleteމިލިޔުން ކިޔާލުމުން މައުލޫމާތުގެ މުއްސަނދިވުމުގެ އިތުރަށް، ކުރިން ނޭނގޭ އެތައް ވެބްސައިޓްތަކެއްގެ މައުލޫމާތު އިނގިގެން ހިނގައްޖެއެވެ. އަދި މިއީ ކިޔަވާކުދިންނަށް ބޭނުންތެރި ވެބްސައިޓްތަކެއްކަން އުފަލާއެކު ފާހަގަކުރަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ
ReplyDeleteމުަޢުލޫމާތު މުއްސަނދިވެގެން ދިޔަ ލިޔުމެއް. އިންޓަރްނެޓް މެދުވެރިކޮށގެން ކިޔެވޭނެ ގިނަގޮތްތަކެއް ބުނެދީ ކިޔަވައި ކުދިންނަށް ވަރަށް ފައިދާ ކުރާނެ ވެބްސައިޓެއް
ReplyDeleteވަރަށް ރަނގަޅު ލިޔުމެއް! އިންޓަރނެޓް މެދުވެރިކޮށް ހިލޭކިޔެވެން ހުރި ތަފާތު ވެބްސައިޓްތައް މިލިޔުމުން އެނގިގެން ހިނގައްޖެ..
ReplyDeleteތައްލީމަށްލިބޭ ވަރަށް ބޮޑުކުރުއެރުމެއްމާޝާﷲ.މިފަދަގިނަސައިޓްތަކުން އެތައްބަޔަކަށް ތަޢްލީމު އުނގެނުމުގެ ފުރުޞަތުތައް ލިބިގެން ދިއުމަކީ
ReplyDeleteތައްލީމަށްލިބޭ ވަރަށް ބޮޑުކުރުއެރުމެއްމާޝާﷲ.މިފަދަގިނަސައިޓްތަކުން އެތައްބަޔަކަށް ތަޢްލީމު އުނގެނުމުގެ ފުރުޞަތުތައް ލިބިގެން ދިއުމަކީ
ReplyDeleteވަރަށް މޮޅު ލިޔުންތެރިެއެއް! ދަިރާސާކޮށް ފައިވާކަން ފާހަގަކުރެވޭޭ!
ReplyDeleteދިރާސާކޮށަފައި ލިޔެފައި ވާ ލިޔުމެއްކަމަށް ފެނެއެވެ.
ReplyDeleteވަރަށް ފުރިހަމަ ލިޔުމެއް. އިތުރަށް ރަނގަޅުކޮށްލަންޏާ ލިޔުންގަނޑު ތެރެއަށް ރެފަރެންސް ހައިޕަރ ލިންކެއް ގޮތަށް ލެވިދާނެ.
ReplyDelete